ސްޕްރީމް ކޯޓު ސަރަހައްދު | ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ނިންމުންތައް ބަލައިލެވޭ އެޕްލިކޭޝަނެއް

ސުޕްރީމް ކޯޓުގެ ނިންމުންތައް ބަލައިލެވޭ އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ 13ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީސްތައް ހިންގުމުގައި، ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ފާއިތުވެގެން މިދިޔަ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ޝަރުޢީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްޤީކޮށް، ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

ކޭސް ރިޕޯޓަރު އެޕްލިކޭޝަނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުގެ އިސްނެގުމަކަށް ފެށި މަޝްރޫއެކެވެ. އަދި އެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެހީތެރިކަމާއެކު އެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލާފައިވާ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.

މިހާރު ބޭނުންކުރަމަށް ހަމަޖައްސާފައިވަނީ މި އެޕްލިކޭޝަންގެ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގައި އެ އެޕްލިކޭޝަން ބޭނުންކުރާނީ ހަމައެކަނި އެތެރޭގެ ބޭނުންތަކަށެވެ. ނަމަވެސް މި މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު މި އެޕްލިކޭޝަން ބޭނުންކުރުމުގެ އެކްސެސް ޤާނޫނީ ވަކީލުންނާއި ގާނޫނުކިޔަވާ ދަރިވަރުންނަށް ވެސް ހުޅުވައިލެވިގެންދާނެ ކަމަށް ސްޕްރީމް ކޯޓުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު، ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވެ ކާމިޔާބު އަހަރެކެވެ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 18 އިން މި އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި 121 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ޙުކުމްކުރެވިފައިވެއެވެ. މިއީ، އޭގެ ކުރީ އަހަރު ޙުކުމްކުރެވުނު އަދަދަށްވުރެ %29 ގެ ކުރިއެރުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ