ސްޕްރީމް ކޯޓު ސަރަހައްދު | ފޮޓޯ: މިހާރު

އުމުރު ބަދަލުކުރަން ކޯޓަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ އުސޫލު ބާތިލްކޮށްފި

ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ  ޢުމުރު ބަދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ނަމުގައި 2016 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން އާއްމު ކުރި ނަންބަރު 2016/03 ޢާއްމު ސިޓީ މިއަދު އެކޯޓުން ބާތިލްކޮށްފިއެވެ.

އެ އުސޫލު ބުނާ ގޮތުގައި، އުމުރު ބަދަލު ކުރުމަށް އެދި ހުށަހަޅާއިރު އުފަން ތާރީހު އަންގައިދޭ ރަސްމީ ލިޔުމެއް އޮވެއްޖެނަމަ ހެއްކެއްގެ ގޮތުގައި ބަލާނީ އުފަންތާރީޚްއަންގައިދޭ ރަސްމީ ލިޔުމަކަށެވެ. ނަމަވެސް ރަސްމީ ލިޔުމެއްގައި އޮތް ޢުމުރަކީ އަޞްލު ޢުމުރުނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ އެފަދަ މައްސަލައެއްގައި ޢުމުރާބެހޭ ގޮތުން ގޮތެއް ނިންމާނީ ޢުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ސަބަބަށް ރިޢާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހުންނެވެ.

އުފަންތާރީޚް އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރެ އަދި އެ ލިޔުންތަކުގައިވާ މަޢުލޫމާތު ތަފާތުނަމަ، އުފަންތާރީޚް ކަނޑައެޅުމުގައި ބަލާނީ އެތަނުން އެންމެ ޞައްޙަކަން ބޮޑު ލިޔުމަކަށް ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ. އަދި އުފަންތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީޢަތަށް ސާބިތުވާ ޙާލަތެއްގައި، އުފަންތާރީޚާބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުން ކަމަށް އެއުސޫލުގައި އޮތެވެ.

ސުޕްރީމް ކޯޓުން މިއަދު މި އުސޫލު ބާތިލް ކޮށްފައި ވަނީ، ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ ކަމަށް ވިދާޅުވިއެވެ.

މި އުސޫލު ބާތިލް ކުރުމަށް ނިންމާފައި ވަނީ ފަނޑިޔާރުންގެ އާންމު މަޖިލީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ