ކޮވިޑްގައި އައްޑޫއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ނިޔާވެފައި ވަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ހިތަދޫ ފިރިހެނެއް ކަމަށެވެ. މި މީހާ ނިޔާވީ މިއަދު ހަވީރު 06:35 ގައެވެ.

މިއީ މި ބަލީގައި އައްޑޫ އިން ނިޔާވި ފަސްވަނަ ފަރާތެވެ. އަދި މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 239 ވަނަ ފަރާތެވެ. އެންމެ ފަހުން އައްޑޫން ކޮވިޑްގައި މީހަކު މަރުވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އައްޑޫގައި މިވަގުތު ކޮވިޑަށް ފައްސިވެފައިވާ 246 މީހަކު ތިބިއިރު، މި ބަލި ޖެހުނު މީހުންގެ ތެރެއިން 1،523 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަށް ބަލާއިރު، ރާއްޖޭގައި މިހާތަނަށް 86,165 މީހަކަށް ކޮވިޑް ޖެހި އޭގެ ތެރެއިން 84،627 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3،210 އެވެ.

ރާއްޖޭގެ ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކުރަމުން އަންނައިރު، ރާއްޖެއިން ކޮންމެ ދުވަހަކު ޕޮޒިޓިވާ މީހުންގެ އަދަދު ބޮޑުތަނުން މައްޗަކަށް ނުދެއެވެ. ނަމަވެސް މާލެ އާ އަޅާބަލާއިރު، ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ގިނައި އަތޮޅު ތެރޭގެ ރަށްރަށުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ