ޖޭއެސްސީ އަށް ސިޓީ ފޮނުވި މިމަހުގެ 12 ވަނަ ދުވަހުގެ ދެ ދުވަސް ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ އެއްވެސް މައްސަލައެއް ފުލުހުން ބަލަމުން ނުދާކަމަށް ފުލުހުން އަންގާފައިވާކަމަށް ޢަބްދުﷲ ދީދީ އަދި އޭނާގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު ޢަބްދުﷲ ދީދީ މިހެން ވިދާޅުވީ، މިހާރު ހިނގަމުންދާ ޖޭއެސްސީގެ ތަޙްޤީޤުގެ ތެރެއިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މައްޗަށް ފުލުހުން ތުހުމަތުކުރާ މައްސަލަތަކަކާ ގުޅިގެން ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، ހުޅުވާލައިގެން މިޙާރު ކުރިއަށްދާ ތަޙްޤީޤުގައި ޖޭއެސްސީ އިން ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ޖޭއެސްސީއަށް ފުލުހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް، ފަނޑިޔާރު ދީދީ ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް މައްސަލައެއް އޮތްތޯ ފުލުގައި ދެންނެވުމުން، އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހެޅިފައި އަދި ބަލަމުން ނުދާކަމަށް މިމަހުގެ 10 ވަނަ ދުވަހު ފުލުހުން ސިޓީއަކުން އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ.
"ޢަބްދުﷲ ދީދީ އާ ގޫޅޭ މައްސަލައެއް މި ސަރވިސް އަށް ހުށަހެޅިފައި ނުވާކަމަށް ދަންނަވަން." ފުލުހުންގެ ސިޓީގައި ވިދާޅުވެފައިވާކަމަށް ޑީޑީގެ ވަކީލް ސަލީމް ވިދާޅުވިއެވެ.
ފަނޑިޔާރު ދީދީގެ ވަކީލުން ވަނީ ކުއްލިއަކަށް މައްސަލައެއް އުފަންވީ ކިހިނެތްތޯ ސުވާލު އުފައްދާ އެކަމާ ކަންބޮޑުބުން ފާޅުކުރައްވާފައިވެއެވެ.




