ހަށިވިއްކާ އަންހެނެއްގެ ކައިރިއަށް ފުލުހަކު ވަދެ އޮއްވާ، އަންހެން މީހާގެ ލޯބިވެރިޔާ އާއި އިތުރު މީހަކު އެތަނަށް ގޮސް ފުލުސް މިހާއަށް ބިރު ދައްކާ ފޭރުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ އިތުރުން 35 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ބަންދަށް މީގެ ދެދުވަސްކުރިން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލައިގައި މި ތިން މީހުންނަށް ކުރާ ތުހުމަތަކީ އަންހެން މީހާ ކައިރިއަށް ވަދެ އޮތް ފުލުސް މީހާއަށް އަނިޔާކޮށް، ވަޅި ބިރު ދައްކާ ފައިސާ ފޭރުނު ކަމުގެ ތުހުމަތެވެ. ލުސް މީހާއަށް އަނިޔާކޮށް އޭނާ އަތުން ވަނީ 12,000 ރުފިޔާ ފޭރިގެންފަ އެވެ.
މި ހާދިސާ ހިނގީ މީގެ ދެދުވަސްކުރިންނެވެ. މި މައްސަލައިގައި މިއީ ރާވައިގެން ހިނގައިފައިވާ އަމަލެއް ކަމަށާއި އަދި ހައްޔަރު ކުރި ދެ ފިރިހެނުން އިތުރު ފިރިހެނަކާ އެކު އެތަނަށް ގޮސް ފޯނުން ވީޑިއޯ ކުރި ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ ތިން މީހުންވެސް ބުނީ މިއީ ރާވައިގެން ކުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އުމުރުން 31 އަހަރުގެ މީހާ ވެސް ބުނީ، މިއީ ރާވައިގެން ކުރި ކަމެއް ނޫންކަމަށާއި، ލޯބިވެރިޔާ އެހެން ފިރިހެނަކާއެކީ ކޮޓަރިއަށް ވަންނަތަން ފެނިގެން އެހެން މީހަކާއި އެކީ އެތަނަށް ދިޔައީ ކަމަށެވެ. އަދި ދިޔައިރު ލޯބިވެރިޔާއާ އެކު އޮތީ ފުލުހެއްކަން ވެސް ކުރިން ނޭނގޭ ކަމަށާއި އެ ފައިސާއަކީ ފުލުސް މީހާ އޭނާ ދޫކޮށްލުމަށް ހިތުން ރުހުމުން ދީފައިވާ ފައިސާއެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ލޯބިވެރިޔާއާ އެކު ފުލުސް މީހާ އޮތް މަންޒަރު ވިޑިއޯ ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ފުލުސް މީހާއަށް ވީޑިއޯ ކުރާހެން ހީވެގެން ފޯނު އަތުލާ ހަލާކުކޮށްލައި، އަނިޔާކުރި ކަމަށްވެސް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.
މި ހާދިސާއާއި ގުޅިގެން، އަންހެން މީހާ ބުނީ ފުލުސް މީހާ އޭނާ ކައިރިއަށް ވަނީ ފައިސާ ދީގެން ޖިންސީ ގުޅުން ހިންގަން ކަމަށެވެ. އެގޮތުން އޭނާކައިރިއަށް ފުލުސް މީހާ ގެނައީ 1000 ރުފިޔާއަށް ހަށިވިއްކުމަށް، ފުލުސް މީހާ އެކަމަށް އެދުމުން ކަމަށް އަންހެން މީހާ ބުންޏެވެ. އަދި ފުލުސް މީހާއަށް އަނެއް ދެމީހުން އަނިޔާކުރަން ފެށުމުން އެކަން ނުކުރުމަށް އެދުނު ކަމަށްވެސް އަންހެން މީހާ ވަނީ ބުނެފައެވެ.
ހައްޔަރުކުރި ތިން ވަނަ މީހާ ކުށަށް އިއުތިރާފުވި ނަމަވެސް ބުނީ، މިއީ އޭނާ ބައިވެރިވެރިވެގެން ރާވައިގެން ކުރި ކަމެއް ނޫން ކަމަށާއި ހާދިސާ ހިނގި އިރު އެތަނުގައި ހުރެވުނީ ކަމަށެވެ.
ހާދިސާއާއި ގުޅިގެން ފުލުސް މީހާ ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ



