އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝާންގެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު، ދެ ފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފި އެވެ.
ފުލުހުން ބުނީ، އިއްޔެ ހަވީރު 04:30 ހާއިރު ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދު ކޮށްފައި ހުރި މީހަކު ދެ ފުލުހެއްގެ ލޮލަށް ބްލީޗު ޖަހާފައިވާ ކަމަށެވެ. އަދި ދެ ފުލުހުންނަށް މިހާރު އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި މައްސަލައިގައި، ބަންދުގައި ހުރި މީހަކު އެ ދެ ފުލުހުންގެ ލޮލަށް ބްލީޗު ޖެހީ ކީއްވެކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ބްލީޗު ޖެހި މީހާ ބަންދުކޮށްފައި ހުރީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނޫނެވެ.