ކައުންސިލަށް ޓީޖެޓީ ނެގުމުގެ ބާރެއް ނޯންނާނެ، އެކަން ކުރެވޭނީ ހައުސިން މިނިސްޓްރީއަށް: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ބަލަހައްޓަމުން އަންނަ މާލޭ ޓީޖެޓީ އެ ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީއަސް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެންނެވެ. މިފަހުން މުއިއްޒު ވިދާޅުވީ، ޓީޖެޓީ ހަވާލުކުރަން އެމްޕީއެލްއަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހު ކައުންސިލުން އެ ތަނާ ހަވާލުވާން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މިކަމާއި ގުޅިގެން މިއަދު އެމްޕީއެލް އިން ބުނީ، އެ ކުންފުންޏާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ކަމަށެވެ. އަދި އެތަން މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާއި އެ މިނިސްޓްރީއަށް ކަމަށް ބުނެފައި ވެއެވެ.

އަދި އެ އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައި ނެތް ކަމަށްވެސް އެމްޕީއެލް އިން ބުނެފައި ވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ، ޓީޖެޓީ އަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ކަމަށެވެ. ނަމަވެސް، ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުކުރެވެން ނެތް ކަމަށް ސަރުކާރުން ސިޓީ ކައުންސިލަށް ވަނީ އަންގައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ