މިއަދު 10:00އިން 11:30އަށް ކަރަންޓް ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު 10:00ފެށިގެން 11:30އަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ،  އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ލޮނުޒިޔާރަތް މަގާއި ރާދަފަތި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 11:30 އާއި ދެމެދު ކަރަންޓް ކަނޑާލެވޭނެކަމަށެވެ. އަދި ރަށްދެބައި މަގާއި ނީލޯފަރު މަގުގެ އިތުރުން ލިލީ މަގު ހިމެނޭ ސަރަހައްދުން 10:00 އިން 11:00އަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މި ސަރަޙައްދުތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވަނީ އެ ސަރަޙައްދުގައި ހިމެނޭ ކޭބަލްއާއި ޑިސްޓުރިބިއުޝަން ބަދަލުކުުރމުގެ މަސައްކަތް ކުރުމަށެވެ.

ސްޓެލްކޯއިން ބުނީ، މަސައްކަތް ނިމުނުހާ އަވަހަށް އެ ސަރަހައްދުގެ ގެތަކަށް ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ