އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް | ފޮޓޯ: އަވަސް

އައްޑޫން ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީން ކޮވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ އައްޑޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއާއެކު އައްޑޫއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެެވެ.

މި މަރާއެކު މިއީ ރާއްޖެއިން މި ހިނގާ ނޮވެމްބަރު މަހު ތެރޭގައި ނިޔާވި 8 ވަނަ މީހާއެވެ. އަދި ރާއްޖެއިން މިބަލީގައި 257 މީހަކު ނިޔާވެފައިވެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 92،846 އަށް އަރާފައެވެ. މި ބަލިން 90،776 މީހުން ރަނގަޅުވެފައިވެ އެވެ. މީގެ އިތުރުން ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1801 ކޭސް އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 16 މީހަކަށެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު، ރާއްޖެއިންވެސް އާ ވޭރިއަންޓުގެ ކޭހެއް ވަނީ ފެނިފައެވެ. އެއީ ސައުތު އެފްރިކާއިން ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ގައިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ