އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތަށް އެގައުމުގެ ސަރުކާރުން ގެއްނަން ނިންމައިފައިވާ ބަދަލުތަކާއި ގުޅިގެން އެގައުމުގެ ދަނޑުވެރިން އަހަރެއް ވަންދެން ކުރި މުޒާހަރާ ނިމުމަކަށް ގެނެސްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ އެތައްހާސް ދަނޑިވެރިންނަށް ނިއު ދިއްލީގެ ބޯޑަރުތަކުގައި ކޭމްޕް ޖަހާ، މުޒާހަރާ ކޮށްފައިވަނީ އިންޑިއާގެ ޕާލިމެންޓުން މިދިޔަ އަހަރު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ބިލްތަކާ ދެކޮޅަށެވެ.
އި ބިލުތަކުގެ ތެރެއިން ދަނޑުވެރިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް' ކިޔާ ބިލަކާ ބެހޭ ގޮތުންނެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމީހުން ނިއު ދިއްލީ ވަށައިގެން ކޭމްޕް ޖަހާ މުޒާހަރާ ކުރަމުން ދިޔައިރު، ފިންނާއި، ހޫނުގެ ސަބަބުން އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގައިވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ.
ނަމަވެސް މިއަދުން ފެށިގެން ދަނޑުވެރިންތައް ކޭމްޕްތައް ދޫކޮށް، އެމީހުންގެ ގެތަކަށް ދާން ނިންމައިފައި މޮވަނީ، އެމީހުން ބޭނުންވާ ކަންތައްތަކާއި ގުޅޭޣޮތުން މިނިސްޓަރުން މަޝްވަރާ ކުރަން އެއްބަސްވުމާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ދަނޑުވެރިންގެ އުފެއްދުންތަކަށް ޔަގީން އަގެއް ކަނޑައެޅުމާއި، ދަނޑުވެރިންގެ މައްޗަށް އުފުލައިފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް އެދިފައިވެ އެވެ.
އެމީހުން އެދިފައިވާ މިކަންތައްތައް އިންޑިއާ ސަރުކާރުން ފުއްދައިނުދީފިނަމަ، އަލުން މުޒާހަރާ ކުރިއަށް ގެންދިއުން އެކަށީގެންވާ ކަމަށް ދަނޑުވެރިން ވަނީ ބުނެފައެވެ. އެގޮތުން ސަރުކާރުގެ ނިންމުތައް ރިވިއު ކުރުމަށް އިންޑިއާ ދަނޑުވެރިން އަންނަ އަހަރުގެ ޖެނުވަރީ 15 ގައި ބައްދަލުވުމެއް ބާއްވާނެ އެވެ.




