ބ. އޭދަފުށި-- ފޮޓޯ: އޭދަފުށި ޓައިމްސް

ކޮވިޑް ޖެހިގެން އޭދަފުށިން މީހަކު ނިޔާވެއްޖެ

ބ. އޭދަފުށީގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ..

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ނިޔާވެފައި ވަނީ އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 88 އަހަރުގެ ދޮންފަނު އަންހެނެއް ކަމަށެވެ. މިއީ އޭދަފުށީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ފަސްވަނަ މީހާ އެވެ.

މި މަރާއެކު މުޅި ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 258 އަށް އަރައިފައެވެ. އަދި މި މަރާއެކު މިއީ ރާއްޖެއިން މި މަހު ތެރޭގައި ނިޔާވި 9 ވަނަ މީހާއެވެ. އިއްޔެވެސް ކޮވިޑް ބަލީގައި އައްޑޫން މީހަކު ވަނީ ނިޔާވެފައެވެ.

 މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 93،064އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 90،861އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،933ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ