100 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ބަންދުގައި ތިބި ތިން ދިވެހިންނާއި ދެ ބިދޭސީން--

100 ކިލޯގެ ޑްރަގް: ހެކި ނެތިގެން ހުރިހާ ދިވެހިން ދޫކޮށްލައިފި

މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޔާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، 100 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހުރިހާ ދިވެހިން ދޫކޮށްލައިފި އެވެ.

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޔާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 10 މީހުންގެ ތެރެއިން 8 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އަނެއް ދެ މީހުން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ވަނީ ދޫކޮށްލައިފައެވެ.

އަދި އޭގެފަހުން މިދިޔަ އޮކްޓޫބަރު 26 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލާގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފަ އެވެ. އެ ދުވަހު ކޯޓުން ދޫކޮށްލީ ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ. މިމައްސަލާގައި ހައްޔަރުކުރި އިތުރު ދެ މީހުން ކަމަށްވާ ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ) އާއި، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ) ވެސް މިދިޔަ އޮކްޓޫބަރު 28 ވަނަ ދުވަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލައިގައި އިއްޔެ އާއި ހަމައަށް ބަންދުގައި ހުރި ތިން ދިވެހިންނާއި ބަންގްލަދޭޝް ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިއްމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގައި ހިމެނޭ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލުމަށް ވަނީ އަމުރުކޮށްފައެވެ. އެ ތިން ދިވެހިންނަކީ،  ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ) އާއި، ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އެވެ،

ސަތޭކެ ކިލޯ މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން އަށް މީހުން--

ކޯޓުން ނެރުނު އަމުރުގައި ބުނީ، ބޮޑުކާށިހުރާއިން ހޯދި މަސްތުވާތަކެއްޗާ, އެ ތިން ދިވެހިންނާ ގުޅުވާލެވޭ ވަރުގެ ހަރުދަނާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނެތް ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކާ އެ ތިން މީހުން ގުޅާފައިވާކަން އަންގައިދޭ ކޯލް ޗާޓެއް ފުލުހުން ހުށަހަޅާފައިވާއިރު، ތުހުމަތުކުރެވޭ މީހުންނަށް އެ ތިން މީހުން ގުޅާފައިވާކަން އެނގެން އޮތް ނަމަވެސް، އެ މީހުންނާ ގުޅައި ދައްކާފައި ހުރި ވާހަކަތަކުގެ ތަފްސީލެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިން ދިވެހިންގެ ކުޑަކަމުދާތަކެތިވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން އެ ތިން މީހުންގެ ކޯޓު އަމުރުން އެނގިފައިވެއެވެ. ނަމަވެސް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް، އެއީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކެއް ނޫން ކަމަށެވެ.

ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި، 100 ކިލޯގެ މަސްތުވާތަކެތި ދ. ބޮޑުކާށިހުރާގައި ފޮރުވައިފައި ވަނީ، މި ތިން ދިވެހިންނާއި، އިތުރު ބަޔަކު ބައިވެރިވެގެން ބޯޓަކުން މަސްތުވާތަކެތި ސަފާރީ ދޯންޏަކަށް އަރުވައިގެންނެވެ. ނަމަވެސް، ތުހުމަތު ކުރެވޭ މީހުން ސަފާރީ ދޯނީގައި މަސްތުވާތަކެތި ބޮޑުކާށިހުރާއަށް ގެންދިޔަކަން ފުލުހުން ހުށަހެޅި ބަޔާންތަކާއި ހެކިތަކުން އެނގެން ނެތް ކަމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

މިއްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ މިމައްސަލާގައި ހައްޔަރުކުރި ދެ ބިދޭސީންނެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރަފީގުލް އިސްލާމް (35އ) އާއި، ޑީއެމް މޮބިން (24އ) އެވެ. މި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް އިތުރުކޮށްދީފައެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި 10 މީހުންގެ ތެރެއިން ފުރަތަމަ ދޫކޮށްލި ދެމީހުންގެ ވަނަވަރުވެސް ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނިގޮތުގައި، ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ