ފޮޓޯ: ޕޮލިސް

2 ދުވަހުން 119 ކިލޯގެ ޑްރަގް އަތުލައިގެންފި

ދެ ދުވަހުގެ ތެރޭގައި  119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ 28 ޕެކެޓުގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެ. އަދި އޭގެ ފަހުން  މިދިޔަ 48 ގަޑިއިރު ތެރޭ ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަނެއްގައި ހިރޮއިން އަޅައިފައި ހުރި ކަމަށް ބެލެވޭ އިތުރު 91 ޕެކެޓުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވަނީ ފުލުހުންގެ މި މަސައްކަތަށް ތައުރީފުކުރައްވާ މިއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ވިދާޅުވެފައެވެ. ސީޕީ ވިދާޅުވީ، ފުލުހުން ފާއިތުވިި 48 ގަޑިއިރުތެރޭ އަތުލައިގެން މި ހުރިހާ މަސްތުވާތަކެއްޗެއްގެ ބަރުދަނުގައި 119 ކިލޯ ހުންނާނެ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭ މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވާ ފުލުހުން ވަނީ އެ ޓެކްސީގެ ޑިކީ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފައެވެ.  ބުރުޒުމަގު ޔެލޯ ބްރީޒް ފިހާރަ ކައިރިން ހުއްޓުވި މި ޓެކްސީގެ ޑިކީ ތެރެއިން އަތުލައިގަތީ 28 ޕެކެޓާއި ދަބަހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ