އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަން--

ބަލި ހާލަތު ހުރި ގޮތުން މިސްކިތަށް ބޮޑު ކަމުދިޔަ މީހާ ދޫކޮށްލައިފި

އައްޑޫ ސިޓީ ފޭދޫގައި ހުންނަ ދެ މިސްކިތަކަށް ބޮޑުކަމު ދިޔަ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އައްޑޫ ސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސް، ދި އެހެން ދެ މިސްކިތެއްގެ ތަކެއްޗަށް ގެއްލުން ދީފައިވާ ކަމުގެ މައްސަލައިގައި 47 އަހަރުގެ ފިރިހެނެއް މި މަހުގެ 16 ގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

އެމީހާ މިސްކިތް ތެރެއަށް ބޮޑުކަމު ގޮސްފައި ހުރީ މިސްކިތުގެ ގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނުގައެވެ. އަދި ބޮޑުކަމު ދިޔުމަށްފަހު، ނަޖިސް މަތީގައި އޮތީ މުސައްލަ އަޅައިފައެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ ބަލި ހާލަތު ހުރިގޮތުން ޖަލުގައި ބަހައްޓައިފިނަމަ ހާލަތު އިތުރަށް ގޯސްވާނެތީވެ، ޑޯކްޓަރުގެ ލަފާގެ މަތިން ހައްޔަރުކުރި ދުވަހު އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.

މިސްކިތްތައް ނަޖިސްކުރުމާއި މިސްކިތުގެ ހުރުމަތް ކެނޑޭ މިފަދަ އެތައް އަމަލެއް ރާއްޖޭގައި މިފަހަކުން ވަނީ އާއްމުކަމަކަށް ވެފައެވެ. އެގޮތުން ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށް ކުޑަކަމުގޮސް، މިސްކިތަކަށް ވަދެ ހަތިމަކަށް މީހަކު ކުޅު ޖެހި މައްސަލައެއްވެސް މިފަހަކުން ވަނީ ފެންމަތިވެފައެވެ. މި އަމަލު ތަކުރާރުކޮށް ހިންގައިފައި ވަނީ ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔުމުން، ފުލުހުން ހައްޔަރުކުރުމަށްފަހު ދޫކޮށްލި  މ. ޝޭޑީހޯމް، ހަސަން ޒިޔާދު އެވެ.

އޭނާ ދޫކޮށްލައިފައި ވަނިކޮށް ހަތިމަށް ކުޅު ޖެހި މައްސަލައިގައި ފަހުން ހައްޔަރުކޮށ،ް މިހާރު ވަނީ ޖަލަށް ލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ