ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭގޮތް ހަދަނީ

ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް، "ނޭޝަނަލް ވަން ސްޓޮޕް ސަރވިސް" ގެ ޚިދުމަތް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ނިންމަވައިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއްނުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ