މިފަހުން ފެނިގެން އުޅޭ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮންގެ ރާޅުގެ އަސަރު ކުޑަކަމަށް އެމެރިކާ އާއި ސައުތު އެފްރިކާގެ ދިރާސާތަކުން ދައްކައފި އެވެ.
ސައުތު އެފްރިކާއިން ފެނުނު ކަމަށް ބުނާ، އޮމިކްރޮން ވޭރިއަންޓް ފެނުމާއެކު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ވަނީ މިއީ ކަންބޮޑުވާން ޖެހޭ ވޭރިއަންޓެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި މި ވޭރިއަންޓް ފެތުރޭލެއް އަވަސް ކަމަށް ލަފާކުރި އެވެ. އެއާއެކު ސައުތު އެފްރިކާއާއި އެހެން ތަންތަނުން މި އާ ވޭރިއަންޓުގެ ހަޤީގަތް ދެނެގަތުމުގެ މަސައްކަތްތައް ފެށިއެވެ.
މި ދިރާސާތަކުން ބުނާ ގޮތުގައި، ކޮވިޑްގެ އެހެން ވޭރިއަންޓުތަކާއި އަޅާބަލާއިރު، އޮމިކްރޮން ވޭރިއަންޓްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު މަދު ކަމަށް ފަހުގެ ހޯދުންތަކުން ދައްކަ އެވެ. އެގޮތުން އަދަދު %30-%70 ދަށްކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އޮމިކްރޮންގެ އަސަރު ކުޑަނަމަވެސް، މި ވޭރިއަންޓް ޖެހި ހޮސްޕިޓާތައް ފުރުމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ދިރާސާއިން ދައްކައެވެ. އެގޮތުން މި ވޭރިއަންޓުގެ އަސަރު ރަނގަޅަށް އެނގުމުން، ގައުމުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް އެހީވެދޭނެ އެވެ.
ސްކޮޓް ލޭންޑުގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ޑެލްޓާ ވޭރިއަންޓާއި އެއްގޮތަށް އޮމިކްރޮން މަސައްކަތް ކުރާނަމަ، ހޮސްޕިޓަލުގައި 47 މީހުން މިހާރުވެސް އެޑްމިޓް ކުރަން ޖެހޭނެއެވެ. ނަމަވެސް މިހާތަނަށް ސްކޮޓް ލޭންޑުގައި އޮމިކްރޮންގެ ސަބަބުން އެޑްމިޓު ކޮށްފައި ވަނީ އެންމެ 15 މީހުން ކަމަށް އެ ދިރާސާއިން ދައްކައެވެ. އެހެންކަމުން މި ދިރާސާ ހެދި ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، އޮމިކްރޮން ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ޑެލްޓާ ވޭރިއަންޓާ ބަލާފައި ތިންބައި ކުޅަ ދެބައި މަދެވެ. އެކަމަކު މި ދިރާސާގައި ހައި ރިސްކްގެ ނުވަތަ މުސްކުޅި މީހުން ހިމެނެނީ ވަރަށް މަދުން ކަމަށް ބުނެފައިވެއެވެ.
މި ދިރާސާއާއި ގުޅޭގޮތުން ޕަބްލިކް ހެލްތް ސްކޮޓްލޭންޑް ގެ ޑިރެކްޓަރު ބުނީ، މިއީ ޔަޤީންކުރެވިފައިވާ އުފާވެރި ހަބަރެއް ކަމަށެވެ. ނަމަވެސް މިކަމުގައި އަވަސް އަރުވާލާ ނުލުމަށް އޭނާ ލަދާދީފައިވެއެވެ.




