ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ, ގދ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު ރޭ 10:50 ގައި ނިޔާވެފައިވާ ކަމަށެވެ.
މިމަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 261 އަށް އަރާފަ އެވެ.
އެޗްޕީއޭ އިން ރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 94،299 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 92،099 އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދަކީ 1927 އެވެ. މީގެ ތެރެއިން 15 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
Last night (22/12/21) at 10:50 pm a 66-year-old Maldivian male admitted at GDh. Covid Management Facility has passed away
This is the 261st COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant him soul eternal peace in heaven
— Health Protection Agency (@HPA_MV) December 23, 2021



