ރައީސް ސޯލިހް ހޯމްމިނިސްޓަރ އިމްރާން އާއި ސަލާމްކުރައްވަނީ / ފޮޓޯ:މިހާރު

މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސްގެ ޓާސްކްފޯހެއް

މުސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ޓާސްކް ފޯހެއް އެކުލަވާލައްވައި މަސައްކަތް ފަށައިފިއެވެ.

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތީ ނައްތާލުމަށް މިއަދު ހެނދުނު ދޫނިދޫގައި ކުރިއަށްދިޔަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޗެއާ ކުރައްވާ ގޮތަށް، މީގެ މަހެއް ހާ ދުވަސް ކުރިން ނެޝަނަލް ޓާސްކްފޯހެއް އެކުލަވައިލެވި، މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު މި މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އަދި  ޒުވާން ޖީލު ހަލާކުވެގެންދާ ދިއުމަށް ހުއްޓުމެއް ގެނައުމުގެ މަސައްކަތައް ކުރިއެރުން ލިބޭނެ ކަމަށެވެ.

މި ހަރަކާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އި، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ދިވެހިރާއްޖޭގައި އޮތް އިޖުތިމާއީ އެންމެބޮޑު މައްސަލަ ކަމަށާ އަދި މި މައްސަލަ ހައްލުކުރުމަށް ފުލުހުން އެކަނި މަސައްކަތްކޮށްގެން އެދެވޭ ނަތީޖާއެއް ނުނުކުންނާނެކަމުގައި ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޓާސްކް ފޯހެއް އެކުލަވާލާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ފެށީ ރައީސް ސޯލިހްގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ. އަދި މި ޓާސްކުފޯހުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން އަދި ގާނޫނީ ހަމަތަކުގެ ތެރެއިން އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނައްތާލުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ފާއިތުވި ތިން އަހަރެއްހައި ދުވަސްތެރޭގައި ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ހިންގި ހަރަކާތްތައް ހުއްޓުވައި އަދި ޓްރެފިކް ކުރުމުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތި އަތުލައިގަތުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެފައިވާ ކަމުގައި ވިދާޅުވިއެވެ.

މިއަދު ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ 1048 ރަބަރު ޕެކެޓާއި، 154 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 90 ދަޅާއި، 15 ބިޑީއާއި ދެ ބޭސް ގުޅައިގެ އިތުރުން އެހެނިހެން 2171 އައިޓެމެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 314.82 ކިލޯއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ