އއ.ތޮއްޑޫގައި ހިންގަމުންދާ ގެސްޓްހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ، ތޮއްޑޫ ގެސްޓްހައުސްއެއްގައި ބަނގުރާ ގެންގުޅެ ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ރޭގެ ވަގުތެއްގައި އެ ގެސްޓްހައިސް ބަލާ ފާސްކުރިއިރު، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 67 ފުޅިއާއި، 74 ދަޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ތޮއްޑޫ ގެސްޓްހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތްއިރު، ފުލުހުން ދަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރުކުރަމުންނެވެ.
								
											


														
														
														
														
														
														