ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

ބޯވަ ނަގަން މޫދަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ކ.ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި 21 އަހަރުގެ ދިވެއްސަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު 08:58 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދާ ޒުވާނާ އެންމެފަހުން  ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ