ކޮވިޑް-19 އާއި ގުޅިގެން ފުލުހުން މާލޭ މަގުމަތީ ހަރަކާތްތެރި ވަނީ | ފޮޓޯ: މިހާރު

789 ސަރަހައްދެއް ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފި

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން” އޮޕަރޭޝަން ރިވެލި” ގެ ދަށުން 789 ސަރަހައްދަކާއި 387 އުޅަނދު ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ން އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދުގެ ހެނދުނު 06:00 އާ ހަމައަށް އޮޕަރޭޝަނުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 99 މީހަކު ބަލައިފާސްކޮށްފައިވާއިރު ހުއްޓުވައި ސުވާލުކޮށް 504 މީހަކު ވަނީ ފޮނުވާލާފައެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މީގެ އިތުރުން އިއްޔެ ހަވީރުން ފެށިގެން މިއަދުު ހެނދުނު 06:00 އާހަމައަށް ފުލުހުން ކުރި މަސައްކަތުގެ ތަފާސް ހިސާބްތައް:

  • ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައެއް
  • މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ ތިން މައްސަލައެއް
  • ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށްފައިވާއިރު، 6 އުޅަނދެއްވަނީ ޓޯކުރުން.
  • ކަނޑުމަތީގެ ވައިލޭޝަންތަކުގައި 5 ފަރާތްތަކަށް ނަސޭހަތްތެރިވުން

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގައިޑްލައިންތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން މިއަދުގެ ހެނދުނު 06:00 އާހަމައަށް މާސްކު ނާޅާ އުޅުމުގެ ސަބަބުން 6 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު މާސްކު ނާޅައި އުޅުމުގެ ސަބަބުން 2 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުކޮށްފައިވާ ގޮތުގައި، މިދިޔަ ޑިސެމްބަރު  24 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުމުގެ އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި އެެއްވެސް ބޭނުމެއްނެތި މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރުމާއި ކްރައިމް ހޮޓްސްޕޮޓްތައް ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރަމުންދާނެއެވެ.

މި އޮޕަރޭޝަނުގައި އާންމުކޮށް މާލެތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން އިތުރު ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ