ވީޑިއޯގެ ސްކްރީންޝޮޓެއް-- ފޮޓޯ: މީސްމީޑިއާގައި

އެމްޕީއެލް މުވައްޒަފަކު އަންހެނަކާ އަރާރުންވެ ބިރުދެއްކި މައްސަލައެއް ބަލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފަކު މަގުމަތީގައި އަންހެނަކާ ޒުވާބުކޮށް ބިރުދެއްކި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެމްޕީއެލްގެ ފިރިހެން މުވައްޒަފަކު، އެ ކުންފުނީގެ ޔުނީފޯމު ލައިގެން ހުރެ އަންހެނަކާ ޒުވާބުކުރާ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވީ ރޭގެ ވަގުތެއްގަ އެވެ. އެ ވީޑިއޯގައި އަންހެން މީހާ އަޅައިގެ ހުރި "އައިނާ އެކީ ލޯ ތަޅާލާނެ" ކަމަށް ބުނެ އެ ފިރިހެންމީހާ އިންޒާރުދޭ މަންޒަރުވެސް ފެނިގެންދެ އެވެ. އަދި ހަޑި ހުތުރު ބަހުން އެއްޗެހި ގޮވާ އަޑުވެސް އިވެއެވެ.

މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފު އެވަގުތު އެ ސަރަހައްދުގައި ހުރި އާއްމުންގެ އެހެން ބަޔަކާއި އަރާރުންވާ މަންޒަރުވެސް ވީޑިއޯއިން ފެނިގެންދެއެވެ. އާއްމުންވެސް ވަނީ އެ ފިރިހެން މީހާ އާ ދިމާލަށް އެއްޗެހި ގޮވާ އަޑުގަދަކޮށްފައެވެ. ނަމަވެސް އެ ފިރިހެންމީހާ އާއި އެ އަންހެންމީހާ އާއި ދެމެދު ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނޫނެވެ.

މި މައްސަލައާއި ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ، މި މައްސަލަ އެ ކުންފުނިން މިހާރު ބަލަމުންދާ ކަމަށެވެ.

"މި ކުންފުނިން މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ގަވައިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން." އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
113
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުޖުތާޒު

    ކުންފުނިތަކުގެ ޔުނީފޯމަކީ އެކުންފުނި ރަމްޒުކޮއްދޭއެއްޗެށް މޮޔައިންނަށް ވަޒީފާދިނުމުން ނިކުންނާނެ ނަތިޖާމިއީ އާދައިގެ ހެދުމުގަ ހުރިނަމަ ކުންފުނިން އެކަމަކާ އަޅާ ނުލާނެ އެފް ގަޑީގަ ޔުޏީފޯމް ލައިގެންހުރެ ޒުވާބުކޮށް ހަޑިހުތުރުބަހުން މުޚާތަބުކުރުމުގެ ނަތީޖާފެންނާނެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ