ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ސީ އެމްބިއުލާންސްގައި ހާލުދެރަ ބަލި ދެ މީހަކު މާލެ ގެނެސްދީފި

ހާލުދެރަ ބަލި ދެ މީހަކު އެމްއެންޑީއެފް ސީ އެމްބިއުލާންސްގައި މާލެ ގެނެސްދީފި އެވެ.

އެމްއެންޑީއެފް ސީއެމްބިއުލަންސްގައި މާލެ ގެނެސްފައި ވަނީ .އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލާއި ބ.ފުޅަދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ދެ މީހުންނެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު މި ދެ ބަލި މީހުން އެމްއެންޑީއެފް ސީ އެމްބިއުލާންސްގައި މިއަދު ވަނީ މާލެ ގެނެސްފައެވެ. އެގޮތުން މާލެ ގެނެސްފައި ވަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 24 އަހަރުގެ އަންހެނަކާއި، ބ.ފުޅަދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 59 އަހަރުގެ ފިރިހެނެކެވެ.

ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، މި ދެމީހުން މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ދެ މީހުން ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން ކަމަށެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި ދެ މީހުން މާލެ ގެނެސްފައިވަނީ މިއަދު 06:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ