ސްވިމިންގް ޕޫލަކަށް ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ އޯޝަން ފްރަންޓް ރެސިޑެންސްގެ ސްވިމިން ޕޫލަށް އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު މިއަދު ހަވީރު 5:10 ހާއިރު ލިބިފައިވާ ކަމަށެވެ.
ކުއްޖާއަށް ފަރުވާދެމުންދަނިކޮށް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިނީ 17:40 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.



