ހދ. ނެއްލައިދޫ ބަނދަރު -- ފޮޓޯ/ އެމްޓީސީސީ

ނެއްލައިދޫ އާއި ލަންދޫ ބަނދަރުގެ މަސައްކަތް ނިއްމާލައިފި

ނ. ލަންދޫ އާއި ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އެ މަސައްކަތް ކުރަން ހަވާލުކުރި އެމްޓީސީސީން ނިއްމާލައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ގެ އަގަކީ 60.35 މިލިއަން ރުފިޔާ  ކަމަށެވެ. އަދި މި މަސައްކަތް އެއްކޮށް ނިއްމާލައިފައި ވަނީ އިއްޔެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލަންދޫ ބަނދަރު މަޝްރޫޢުގެ ދަށުން ނިންމައިފައިވާ މަސައްކަތްތައް:

  • 227 މީޓަރުގެ އެއްގަމު ތޮށި ލުމާއި 387 މީޓަރުގެ ބޭރުތޮށި ލުން
  • 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން
  • ޖުމްލަ 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތް
ނ. ލަންދޫ ބަނދަރު-- ފޮޓޯ/ އެމްޓީސީސީ

ނެއްލައިދޫ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 30 ގައި ކަމަށް އެމްޓީސީސީން ބުންނެވެ. މި މަޝްރޫޢުގެ ގެ އަގަކީ 4.55 މިލިއަން ރުފިޔާ އެވެ.

ނެއްލައިދޫ ބަނދަރު މަޝްރޫޢުގެ ދަށުން ނިންމައިފައިވާ މަސައްކަތްތައް:

  • 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާ
  • 103 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް
  • 1812 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގުބައްތި ހަރުކުރުން.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ތަރައްޤީ ކުރުމުގެ 26 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ