ދިވެހިރާއްޖެއާ އިޒްރޭލާ ދެމެދު ގުޅުން ޤާއިމްކުރަން އުޅޭކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
ސަރުކާރުން މިވާހަކަތައް ދޮގުކޮށްފައި މިވަނީ، އިޒްރޭލުން ވަރަށް އަވަހަށް ރާއްޖެއާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރާނެ ކަމަށް ބުނެ ލާދީ އިސްރާއީލްގެ އެންމެ ނަން މަޝްހޫރު ނޫސް ކަމަށްވާ "ޓައިމްސް އޮފް އިސްރާއީލް" ގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖެއާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމްކުރަން އުޅޭކަމަށް ބޭރުގެ ބައެއް މީޑިއާތަކާ ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެވާހަކަތަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެއާ އިޒްރޭލާ ގުޅުން ޤާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ނުކުރޭ" މިއުވާން ވިދާޅުވި އެވެ.
ރާއްޖެއިން ވަނީ މީގެ ކުރިން ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިސްރާއީލާ ޚާރިޖީ ގުޅުންތައް ބާއްވާފައެވެ. އެހެންނަމަވެސް، ރައީސް މައުމޫންުގެ ވެރިކަމުގައި 1974 ވަނަ އަހަރު އެ ގައުމާއެކު އޮތް ގުޅުން ވަނީ ނިމުމަކަށް ގެނެސްފައެވެ.