އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓްގެ އެވޯޑް ޑރ. ފަރަހަނާޒަށް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ޑިޕްލޮމެޓް އޮފް ދި ޔިއަރ ފްރޮމް އޭޝިއާ އެންޑް އޯޝޭނިއާ ގެ އެވޯޑް އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް އަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑް އެކަމަނާ އާ ޙަވާލުކުރައްވާފައިވަނީ، 25 އޭޕްރީލް 2022 ގައި ބޭއްވި އައި.އެޗް.ޖީ ޑިޕްލޮމެޓު އޮފް ދަ އިޔަރ އެވޯޑްސް ހަފްލާގައެވެ.

ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑަކީ އިނގިރޭސިވިލާތުގައި ޤާއިމުކޮށްފައިވާ 165 އަށްވުރެ ގިނަ ޑިޕްލޮމެޓިކް މިޝަންގެ ޑިޕްލޮމެޓުންގެ ތެރެއިން ވޯޓުލައިގެން ދޭ ވަރަށް ޝަރަފުވެރި އެވޯޑެކެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑު ދެނީ 10 ބޭފުޅަކަށެވެ. މިއީ މިއެވޯޑް ދޭތާ 12 ވަނަ އަހަރެވެ. އޭޝިއާ އަދި އޯޝޭނިއާ އަކީ ގިނަ ޤައުމުތަކެއް ކަވަރުކުރާ ބޮޑު ސަރަހައްދަކަށްވާއިރު އެ ޤައުމުތަކުގެ ޑިޕްލޮމެޓުންގެ ތެރެއިން ޑރ. ފަރަހަނާޒް ފައިޒަލް އަށް މި އެވޯޑް ލިބިވަޑައިގަތުމަކީ ދިވެހިރާއްޖެ އަށް ލިބުނު ވަރަށްބޮޑު ޝަރަފެކެވެ.

މި އެވޯޑް ޙަފްލާ އިންތިޒާމުކުރައްވާފައިވަނީ "ޑިޕްލޮމެޓް މެގަޒިން" ގެ ފަރާތުންނެވެ. "ޑިޕްލޮމެޓް މެގަޒިން" އަކީ ޚަރިޖީ ދާއިރާ އާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކާއި ވާހަކަތައް ޝާއިޢުކުރާ މަޝްހޫރު މަޖައްލާއެކެވެ. މިއަހަރުގެ އެވޯޑު ހަފްލާ ހުށަހަޅުއްވައިދެއްވާފައިވަނީ ބީ.ބީ.ސީ ނިއުސްގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް މރ. ޖޭމްސް ލެންޑޭލް އެވެ.

މި އެވޯޑާއި ޙަވާލުވެވަޑައިގަތުމަށްފަހު ޑރ. ފަރަހަނާޒް ފައިޒަލް ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ އެވޯޑް ލިބިވަޑައިގެންނެވި ކަމަށްޓަކައި މާތްﷲ ގެ ޙަޟްރަތަށް ހަމްދުކުރައްވައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު އެކަމަނާއަށް ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެއާއެކު މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މަސައްކަތްކުރައްވާ ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އެކަމަނާ ރައްދުކުރެއްވިއެވެ. މީގެ އިތިރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ޚަލީލު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޔޫރަޕް ޑެސްކު އެކަމަނާގެ ޝުކުރުގެ ލިސްޓުގައި ވަކިން ޚާއްސަކޮށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝުކުރުގެ ލިސްޓު ނިންމަވާލެއްވުމުގެ ކުރިން އެކަމަނާގެ އާއިލާގެ ފަރާތްޕުޅުން ލިބިޑައިގަންނަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް