"ސިޓީ ނައިޓް މާކެޓް" ގެ ތެރެއިން - ފޮޓޯ: ސަން/މުހައްމަދު ހައްޔާން

ކޮވިޑް ހާލަތު ގޯސްވެ، ނައިޓް މާކެޓަށް ހުއްދަ ދިނުން ހުއްޓާލައިފި

މޭލެ ސަރަހައްދުގެ ކޮވިޑް ހާލަތު ގޯސްވެ، މިދުވަސްވަރު މާލޭގައި ބާއްވަމުންގެންދާ ނައިޓް މާކެޓަށް ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އިއްޔެ އަކީ ފާއިތުވި ތިން މަހެއްހާ ދުވަހުގެ ކޮވިޑް ހާލަށް ބަލާއިރު، މާލެ ސަރަހައްދުން ރެކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހެކެވެ. އެގޮތުން މާލެއިން އެކަނި 102 މީހަން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި މުޅި ރާއްޖެއިން ޕޮޒިޓިވާ އަދަދު ފާއިތުވި ތިން ދުވަހު އުޅެނީ 200 އިން މަތީގައެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުން ހުއްޓާލުމަށް ކައުންސިލަށް އަންގައިފައިވާ ކަމަށެވެ.

އެހެންކަމުން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާރކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން މި ކައުންސިލުން ހުއްޓާލުމަށް އަންގަވާފައިވާތީ، މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަ ނިންމައިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ނައިޓް މާކެޓް ބާއްވަން ފަށައިފައި ވަނީ މިދިޔަމަހުގެ 26ން ފެށިގެންނެވެ. އަދި ރެޔަކީ ނައިޓް މާކެޓް ބޭއްވި އެންމެ ފަހު ރެޔެވެ. އެންމެ ފަހުން ނައިޓް މާކެޓް ކުރިއަށް ގެންގޮސްފައިވަނީ ރަސްފަންނު ސަރަހައްދުގަ އެވެ.

ރަސްފަންނުގެ އިތުރުން ހުޅުމާލޭގަ އާއި މާލޭ ހުސްފަސްގަނޑު ކައިރީވެސް ސިޓީ ނައިޓް މާކެޓް ވަނީ ބާއްވައިފަ އެވެ.

ކުރިއަށް އޮތް ތިން ހަފްތާއަކީ ވަރަށް ބާރަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވާތީވެ، ކޮވިޑްގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ