ފޮޓޯ: ޕީއެސްއެމް ނިއުސް

ހުރިހާ ރަށެއްގައި މާސްކު އެޅަން މަޖުބޫރުކޮށް، ނާޅާ މީހުންނަށް ފިޔަވަޅު އަޅަނީ

ކޮވިޑް-19 ގެ ކޭސްތައް ގިނަވާން ފެށުމާި ގުޅިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށް، މާސްކް ނާޅާ މީހުންނަށް ފިޔަވަޅު އަޅަން ރައީސް އޮފީހުން އަންގައިފި އެވެ.

ހެލްތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީއަށް ކޮޕީކޮށް ރައީސް އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދާކަން އިދާރާތަކުން ކަށަވަރުކޮށްދިނުމަށެވެ.

މީގެ އިތުރުން އަޅަން އެންގި ފިޔަވަޅުތައް:

  • މާލޭ ސަރަހައްދުގައި އުޅޭ 3،000 މީހުންނަށް ކޮންމެ ދުވަހަކު ބޫސްޓާ ޑޯޒް ދިނުމަށް ބޭނުންވާތީ ފުލުހުންގެ ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ދެވޭނެ އިންތިޒާމު ހަމަޖެއްސުން
  • ޕޮލިސް ލެބޯޓަރީގައި ކޮވިޑް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުން
  •  އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދާކަން އިދާރާތަކުން ކަށަވަރު ކުރުން

އިއްޔެ އަކީ ފާއިތުވި ތިން މަހެއްހާ ދުވަހުގެ ކޮވިޑް ހާލަށް ބަލާއިރު، މާލެ ސަރަހައްދުން ރެކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހެކެވެ. އެގޮތުން މާލެއިން އެކަނި 102 މީހަން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި މުޅި ރާއްޖެއިން ޕޮޒިޓިވާ އަދަދު ފާއިތުވި ތިން ދުވަހު އުޅެނީ 200 އިން މަތީގައެވެ.

މި ހާލަތާއި ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ހެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނިފައިވުމާއެކު ބަލިޖެހޭ އަދަދު މާލެ ސަރަހައްދުގައި އިތުރުވަމުން ދާތީ ބަލި ފެތުރުން ކޮންޓްރޯޅު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ހުޅުމާލޭގެ އެކި ިސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުން މެދުކަނޑާލުމަށް އެޗްޕީއޭ އިން އަނގައިފައިވާ ކަމަށެވެ.

މީގެ އިތުރުން މޭލެ ސަރަހައްދުގެ ކޮވިޑް ހާލަތު ގޯސްވެ، މިދުވަސްވަރު މާލޭގައި ބާއްވަމުންގެންދާ ނައިޓް މާކެޓަށް ހުއްދަ ދޫކުރުން މެދުކަނޑާލުމަށް އެޗްޕީއޭއިން ވަނީ މާލެ ސިޓީ ކައުންސިލަށްވެސް އަންގައިފަ އެވެ. އެއާއެކު މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަ ނިންމައިފައިވާ ކަމަށް ސިޓީ ކައުންސިލުން ރޭ ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ތަޖޫބެ

    މާސްކުދީފަ ބުނޭ މާސްކު އަޅާށޭ.ނޫނީ މާސްކުގަންނަން ރުފިއާ ދީފަބުނޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ