ފޮޓޯ: ސަން/މުހައްމަދު ހައްޔާން

މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން އަލުން ދީފި

މޭލެ ސަރަހައްދުގެ ކޮވިޑް ހާލަތު ގޯސްވެ، މިދުވަސްވަރު މާލޭގައި ބާއްވަމުންގެންދާ ނައިޓް މާކެޓަށް ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވަނިކޮށް، އެ ނިންމުން ބަދަލުކޮށް  އެޗްޕީއޭގެ މިންގަނޑާ އެެއްގޮތަށް ނައިޓް މާކެޓް ބޭއްވުމަށް އަލުން ހުއްދަ ދީފި އެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުން ހުއްޓާލުމަށް ކައުންސިލަށް އަންގައިފައިވާ ކަމަށެވެ. އެހެންކަމުން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާރކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން މި ކައުންސިލުން ހުއްޓާލުމަށް އަންގަވާފައިވާތީ، މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަ ނިންމައިފައިވާ ކަމަށެވެ.

ނަމަވެސް މިރޭ މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުޞޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެފަރާތްތަކަށް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކައުންސިލަށް އަންގައިފައިވާ ކަމަށެވެ.

"ވީމާ، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް މި ކައުންސިލުންވަނީ ނިންމާފައި" ސިޓީ ކައުންސިލުން ބުންޏެވެ.

އެޗްޕީއޭއިން އެ ހުއްދަ ދިނުން ހުއްޓާލަން ފުރަތަމަ އެންގ،ީ ގިނަ ފަރާތްތަކުން މިކަމަށް އެދި، ހުއްދަ ހޯދައި ބޮޑެތި ހޭދަތަކެއް ކޮށްގެން ނައިޓް މާރކެޓް ބާއްވަަމުން ގެންދަވަނިކޮށް ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރި އެވެ.

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު، ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު 200 އިން މަތީގައި ކޮވިޑް ކޭސްތަކުގެ އަދަދު އުޅުމަށްފަހު، ފާއިތުވި 24 ގަޑިއިރު ނެގި ސާމްޕަލްގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

އަދި މާލެއިން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ ފާއިތުވި ތިން މަހެއްހާ ދުވަހާއި އަޅާބަލާއިރު، ދެގުނައަށް އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު މާލެއިން 136 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ