ފޮޓޯ: ނިޝާން އަލީ /މިހާރު

ރަށަށްގޮސް ނަތީޖާ ލިބެންދެން ކަރަންޓީނުވާން އަންގައިފި

މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވީޑް-19ގެ ކޭސްތައް އިތުރުވެފައިވާތީވެ، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ނެގަޓިވް ނަތީޖާއަކާއެކު ނޫނީ ދަތުރުނުކުރެ ވޭގޮތަށް ކަނޑައަޅައިފައި ވަނިކޮށް، ކުޑަ ލުޔެއް ދިނުމުގެ ގޮތުން މިއަދާއި މާދަމާ ޕީސީއާރު ނަތީޖާ ނުލިބުނަސް ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާލެ، ހުޅުމާލެ، ވިލިމާލެގަ އި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ %5 އަށްވުރެ މަތިވެފައިވާތީވެ މާދަމައިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ ކަމަށެވެ. އެގޮތުން އެޗްޕީއޭއިން ބުނީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، މާދަމައިން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. މިއަދުން ފެށިގެން މި އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށް އެ އޭޖެންސީން އިއްޔެ އެންގިއެވެ.

އެޗްޕީއޭއިން މި އުސޫލު ކަނޑައެޅުމާއެކު ރަށްރަށުން މާލެ އައިސް އުޅޭ އެތައް ބަޔަކު ރޭ ވަނީ ޕީސީއާރު ޓެސްޓު ހަދާ މަރުކަޒުތަކުގައި ކިއު ހަދައިފައެވެ. އެގޮތުން ރޭ ދަންވަރުން ތުއްތުތުއްތު ކުދިން ގޮވައިގެން އާއިލާތަކުން ވަނީ ޕީސީއާރު ހަދަން ސޯޝަލް ސެންޓަރ ކައިރީ ކިއު ހަދައިފައެވެ.

އެހެންވެ، އެޗްޕީއޭއިން ރޭ ކުރި ޓްވީޓެއްގައި ބުނީ، ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނު ކަމުގައިވިޔަސް މިއަދާއި މާދަމާ މޭލެއިން ބޭރަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް މާލެއިން ސާމްޕަލްއެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން އެންގި އެވެ. އަދި ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ، މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ރަށްރަށުން އެތައް ބަޔަކު ބާޒާރުކުރުމަށާއި، ބޭސްފަރުވާއަށް އަދި އެހެނިހެން ބޭނުންތަކަށް މާލެ އައިސްގެން އުޅޭ ދުވަސްވަރެއްގަ އެވެ. އެގޮތުން މިފަހަކުން ކޮވިޑް ކޭސްތައް މާލެ ތެރޭގައި އިތުރުވެފައި މިވަނީވެސް ޗުއްޓީ ބަންދު އައިފަހުންނެވެ. މިހާރު ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 300 އިން މަތީގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ޟިރާރު

    އާއަރު ފާހަގަކުރީ މީވެސް އެެއްކަން. ޥެކުސިން ފުރިހަމަ ކުރި މީހުންނަށް ލުއިދޭންޖެހޭ

  2. ޢަލީ

    ރާއްޖެތެރޭ މީހާއަށް މަރުހަބާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ