ހިޔާ ފްލެޓް ލިފްޓް ކައިރީ ޖާގަ ބޮޑުކުރަނީ- ފޮޓޯ: އެޗްޑީސީ

ތޮއްޖެހުން ކުޑަކުރަން، ހިޔާ ފްލެޓްގެ ލިފްޓް ކައިރީ ޖާގަ ބޮޑުކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް އަރާ ފޭބުމަށް ބޭނުންކުރާ ލިފްޓްގެ ލޮބީ އޭރިއާ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީން) ބުނެފި އެވެ.

އެޗްޑީސީން ބުނީ ލިފުޓުގެ ލޮބީ އޭރިއާގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ފަށައިފައި މިވަނީ، ޕީކް ގަޑިތަކުގައި އެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމުގެ މައްސަލައެއް ހައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން މިއަދު އެ މަސައްކަތް އެޗްޑީސީން ވަނީ ފަށައިފަ އެވެ.

ބެލެވޭ ގޮތުން ލިފްޓް ސަރަހައްދުގެ ޖާގަ ބޮޑު ކުރުމުގެ މަސައްކަތް ކުރަނީ އެތަނުގެ ބައެއް ފާރުތައް ތަޅާލައިގެންނެވެ.

ހިޔާ ފްލެޓުގެ 25 ބުރީގެ ކޮންމެ ޓަވަރެއްގައި ހުންނަނީ ތިން ލިފްޓެވެ. އޭގެން ކޮންމެ ލިފްޓެއްގައި ހުންނާނީ 14 ވަރަކަށް މީހުންގެ ޖާގައެވެ. ގިނަ ފްލެޓުތަކެއްގެ ފިނިޝިން މަސައްކަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، ލިފްޓްގައި ޖާގަ ކުޑަވުމުގެ ސަބަބުންނާއި، ޕީކް ގަޑިތަކުގައި ލިފްޓް ބޭނުންކުރާ މީހުން ގިނަ ވުމުގެ ސަބަބުން، ތޮއްޖެހޭ މައްސަލައިގެ ޝަކުވާ މީގެ ކުރިންވެސް ވަނީ އައިސްފަ އެވެ.

އެހެންކަމުން މި މަސައްކަތަކީ ލިފްޓް ބާރުބޮޑުވާ ވަގުތުތަކުގައި ތޮއްޖެހުން ކުޑަކުރުމަށާއި، އެކަމަށް ލުޔެއް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ