ކަރަންޓީނުވާން ޖެހޭ މުއްދަތު 10 ދުވަހަށް ކުރުކުރަނީ

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ކަރަންޓީނުކުރަން ޖެހޭ މުއްދަތު 10 ދުވަހަށް ކުޑަކުރަން ނިންމައިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަނާމު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު އޮންނަ އުސޫލަކީ ކޮވިޑް-19 ގެ އަލާމާތެއް ނުފެނުނު ނަމަވެސް ކޮވިޑް ޖެހޭ މީހުން 14 ދުވަހަށް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުން ކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް ކަރަންޓީނުކުރަންޖެހޭ މުއްދަތު 10 ދުވަހަށް ކުރުކުރަން ނިންމައިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އެގޮތުން ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ފަރާތްތައް، ވެކްސިންގެ ދެ ޑޯޒު ޖަހާ 14 ދުވަސްވެފައި ވާނަމަ 10 ދުވަހަށް ކަރަންޓީނުކުރުމަށްފަހު، އަލާމާތެއް ނުފެންނަނަމަ ދޫކޮށްލެވޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. ނަމަވެސް އަލާމާތެއް ފެނިއްޖަނަމަ ޓެސްޓުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ފަސް ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހު އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ވެސް ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް ވެކްސިން ފުރިހަމަނުކުރާނަމަ، 14 ދުވަހަށް ކަރަންޓީނު ވާން ޖެހުމާއެކު، ކަރަންޓީނުން ދޫކޮށްލާނީ، 14 ދުވަސް ފަހުން ޓެސްޓު ހަދައި އެ ޓެެސްޓުގެ ނަތީޖާ ނެގެޓިވް ވެމުންކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަނީ އޮމިކްރޮން ވޭރިއަންޓް މުޖުތަމައުގައި ފެތުރޭތީ ކަމަށާއި، ކޮވިޑްގެ މި އާ ރާޅު، މުޅި ރާއްޖެއަށް ފޯރާނެ ކަމަށް އެޗްއީއޯސީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބަކުރުބެ

    10 ދުވަސްވެސް ގިނަ. ވައިރަސް އިންފެކްޓް ވެއްޖެނަމަ 7 ދުވަހުން އެނގޭނެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ