މާލެ ސިޓީގެ މަގު ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު މި މަސައްކަތް ފަށައިފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތާއި އެހީއާއެކު އެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ފާރުތަކުގައި ހުރި ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ކުރާއިރު، އެމީހުންނަށް ރައްކާތެރިދިނުމުގެ ގޮތުންނާއި ދިވެހި ފުލުހުން ހަރަކާތްތެރިވަމުން ދެއެވެ.
މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގަ އާއި، ވީރާނާވެފައިވާ ޕާކުތައް އަލުން މަރާމާތު ކުރުމުގެ ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މާލެ ސިޓީގެ މަގު ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްދާ މަސައްކަތުގެ ތެރެއިން. pic.twitter.com/wfx5fVZQgN
— Male' City Council (@MaleCitymv) January 14, 2022
މީގެ އިތުރުން މާލެ ސިޓީގެ ރައްކާތެރިކަން މާލޭ ތެރޭގެ ކަންކަން ބަލަހައްޓަން ސްޕެޝިއަލް ކޮންސްޓަބިއުލަރީ ފުލުހުން މާލޭ ސިޓީ ކައުންސިލަށް ނަގަން މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މާލޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން "ގުޅިގެން" ނަމުގައި މާލޭގައި ހާއްސަ އޮޕަރޭޝަނެއްވެސް މިހާރު ވަނީ ފަށައިފަ އެވެ.




