ފޮޓޯ: ޕޮލިސް

225 ދަޅު ބިޔަރާއި 24 ފުޅި ރާ ނައްތާލައިފި

ކ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ކ.ގުރައިދޫގައި ކަމަށެވެ.

އެގޮތުން، ނައްތާލާފައިވަނީ ތުލުސްދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 24 ފުޅި ބަނގުރަލާއިި މާފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި 48 ދަޅު ބިޔަރާއި ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި 177 ދަޅު ބިޔަރެވެ.

މި ތަކެއްޗަކީ 25 ޑިސެމްބަރ 2020 ން 1 ޖަނަވަރީ 2022 އަށް ކ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ