ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކުން މަގުމައްޗަށް ވެއްޓުނު ކޮތަޅަކުން ބިޔަރު ދަޅުތަކެއް އަތުލައިގެންފި އެވެ.
ފުލުހުން ބުނީ، ސައިކަލުން ވެއްޓުނު ކޮތަޅަކުން ބިޔަރު ދަޅުތަކެއް މަގުމަތީގައި ހުރި ކަމަށް ރޭ 01:26 ގައި މައުލޫމާތު ލިބުނު ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ގޮސް މަގުމަތީގައި ހުރި ބިޔަރުދަޅުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައިލަކުން ބިޔަރުދަޅުތަކެއް މަގުމައްޗަށް ވެއްޓިފައިވާއިރު، މީގެ ކުޑަދުވަސްކޮޅެއް ކުރިން މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓުވި ސައިކަލެއްގައި އަޅުވައިފައި ހުރި ކޮތަޅަކުންވެސް ބިޔަރު ދަޅުތަކެއް ވަނީ ހޯދައިފަ އެވެ. މި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކުރިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.