ނައިވާދޫ މޮނިޓަރިންއިން ނަގާ، އުނގޫފާރާއި ހަނިމާދޫ މޮނިޓަރިން އަށް!

އުތުރުގެ ރަށްތަކުގެ ތެރެއިން ހދ. ނައިވާދޫ މޮނިޓަރުންގެ ހާލަތުން ނަގައި، ރ. އުނގޫފާރާއި، ހދ. ހަނިމާދޫން ކޮވިޑް ކޭސްތައް ފެނިގެން އެ ދެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.

ހދ. އަތޮޅުގައި އެއާޕޯޓު އޮންނަ ހަނިމާދޫ އާއި، އުތުރުގެ ހަތަރު އަތޮޅަށް ޚިދުމަތްދޭ ރ. ރީޖަނަލް ހޮސްޕިޓަލް ހުންނަ އުުނގޫފާރު، މޮނިޓަރިންއަށް ލައިފައި ވަނީ މިއަދު އެވެ. މީގެ އިތުރުން ގދ. ގައްދޫވެސް މިއަދު ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އެއާއެކު މިވަގުތު 13 ރަށެއް އޮތީ އެޗްޕީއޭގެ މޮނިޓަރިންގެ ދަށުގައެވެ.

މިދިޔަ ޑިސެމްބަރު މަހު މޮނިޓަރިންއަށް ލައިފައިވާ ރަށްތަކުގެ ތެރެއިން މި ވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ ކ. ތުލުސްދޫ، ކ. މާފުށި، އަދި ހއ. އިހަންވަންދޫ އެވެ. އަދި މި މަހު މޮނިޓަރިންއަށް ލައިފައިވާ ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތް އިތުރު ރަށްތަކަކީ، ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ.، ދަރަވަންދޫ، ދ، ބަނޑިދޫ، އަދި ލ. ގަމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް 1،200 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެއިން 575 މީހަކާއި، ރަށްރަށުން 408 މީހުން އަދި ރިސޯޓުތަކުން 155 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ