ފޮޓޯ: އަވަސް

ކޭބަލަކަށް ގެއްލުންވެ ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކޭބަލަކަށް ގެއްލުންވެފައި ވަނީ ކޮނުމުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން." ސްޓެލްކޯއިން ބުންްޏެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވާއިރު، ކަރަންޓް ކެނޑުމުން ލިފްޓްތައް މަސައްކަތް ނުކުރާތީވެ އެތާގައި ދިރިއުޅޭ މީހުންނަށް މިވަގުތު ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ. ކަރަންޓު ކެނޑުމުގެ އިތުރުންވެސް ހިޔާ ފްލެޓުގައި ހަރުކޮށްފައި ލިފުޓުތައް ހުއްޓޭ މައްސަލަތައް އެކި ފަހަރެއްގެ މަތިން ވަނީ ކުރިމަތިވެފަ އެވެ.

16 ޓަވަރު ހިމެނޭ ހިޔާ ފްލެޓުތަކަށް ސްޓެލްކޯއިން ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ