ކަރަންޓު ކެނޑުނު ހުރިހާ ފްލެޓަކަށް ކަރަންޓު ދީފި

ކޭބަލަށް ގެއްލުންވެ،ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް އަލުން ކަރަންޓު ދީފި އެވެ.

ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައި ވަނީ މިއަދުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ. ސްޓެލްކޯއިން ދެންމެ ބުނީ، ރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ.

ސްޓެލްކޯ އިން ބުނީ، އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށެވެ.

ސްޓެލްކޯއިން މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 4 ވަރަކަށް ގަޑިއިރު ވަނީ މަސައްކަތް ކޮށްފައެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވާއިރު، ކަރަންޓް ކެނޑުމުން ލިފްޓްތައް މަސައްކަތް ނުކުރާތީވެ އެތާގައި ދިރިއުޅޭ މީހުންނަށް އެވަގުތު ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ. އަދި ފެން ކެނޑިފައިވާތީވެ އެކަމާވެސް ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ