ކޮވިޑް-19: އިއްޔެ 2180 ކޭސް، މިއަދު މަރެއް!

ރާއްޖެއިން އިތުރު 2180 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ނެގުނު 6403 ސާމްޕަލްގެ ތެރެއިން 2180 ފަރާތެއް ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 931 މީހުންނާއި، މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކުން 811 މީހުން އަދި ރިސޯޓްތަކުން 63 މީހުންނެވެ.

އިއްޔެވެސް ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވާއިރު ރޭ މެންދަމު 03:04 ގައި ވަނީ މި ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ރޭ މަރުވެފައިވަނީ އުމުރުން 73 އަހަރުގެ އަވަށްޓެރި ސްރީލަންކާގެ ރައްޔިތެކެވެ.

 

މިއާއެކު ރާއްޖޭގެ އެކްޓިވް ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 17،743 އަށް އަރާފައިވާއިރު، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދުވެސް ވަނީ 278 އަށް އަރާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ