މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީި ގއ. ވިލިނގިލި/ ކަނޑުއޮޅި، ޙަސަން ޝިހާބު (33އ) އެވެ.

ފުލުހުން ވިދާޅުވީ، މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީި ގއ. ވިލިނގިލި/ ކަނޑުއޮޅި، ޙަސަން ޝިހާބު (33އ) އެވެ.

ފުލުހުން ވިދާލުވިގޮތުގައި، ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޙަސަން ޝިހާބު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.

މިލިޔުން ކިޔާލުމުން
321
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ