ސުވަރުގެ ހޯދުމަށް ދުނިޔަވީ ލައްޒަތާއި އަރާމަށް ހެއްލި، އާހިރަތުގެ މަތިން ހަދާން ނައްތާނުލާ: ޚުޠުބާ

ސުވަރުގެ ހޯދުމަށްޓަކައި ދުނިޔަވީ ލައްޒަތާއި އަރާމަށް ހެއްލި، އާހިރަތުގެ މަތިން ހަދާން ނައްތާނުލުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

އެގޮތުން މިއަދުގެ ޚުޠުބާގައި ވަނީ މި ދުނިޔޭގެ ނިޢުމަތްތަކަކީ، ވަގުތީ އެއްޗެއްކަމާއި ސުވަރުގޭގެ ނިޢުމަތްތަކާ އަޅާ ބަލާ އިރު، އެއީ އަގެއް ނެތް، މަދު މިންވަރެއްކަމަށް ހަނދާންކޮށްދެއްވާފައެވެ.

މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "މާތް ﷲ ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. އާޚިރަތް ދުވަހުގެ ނިސްބަތުން ދުނިޔޭގެ މިސާލަކީ، ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ އިނގިލި، ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ލުމަށް ފަހު، އެ އިނގިލި ނެގުމުން އިނގިލީގައި ހަރުލާފައި ހުންނަ ފެންފޮދުގެ މިންވަރެވެ."

ޚުޠުބާގައި ވިދާޅުވީ، ސުވަރުގެ ވަނުމުގެ މަގަކީ، އުނދަގޫތަކުން ފުރިފައިވާމަގެއްކަމަށާއި އަދި މުންކަރާތްތަކާއި، ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެއްކަމަށެވެ. އެހެންކަމުން ސުވަރުގެ ހޯދުމަށްޓަކައި ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތްކުރަންވާނެކަމަށާއި ޝައިޠާނާގެ ކެހިވެރިކަމުގައި ޖެހި، ދުންޔަވީ ލައްޒަތާއި އަރާމަށް ހެއްލި، އާޚިރަތުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސުވަރުގެ ވަނުމުގެ މަގަކީ، ނަފުސުގެ އެދުންތަކާ ދެކޮޅަށް، ޖިހާދު ކޮށްގެން މެނުވީ، ހޯދޭނެ މަގެއް ނޫން ކަމަށާއި މުދަލާއި، ފުރާނައިން އެތަކެއް ޤުރުބާނީއެއް ވެގެން ނޫނީ ކާމިޔާބު ކުރެވޭނެ މަގެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ