ރަޙިމުގެ ގުޅުން ދެމެހެއްޓުމުން ޢުމުރު ދިގުކޮށްދެއްވައި ރިޒްޤު ތަނަވަސްވޭ - ޚުޠުބާ

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޢުމުރު ދިގުކޮށްދެއްވައި ރިޒްޤު ތަނަވަސްކޮށްދޭކަމެއް ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ގާތްތިމާގެ މީހުންނަށް އިޙްސާންތެރިވުމާއި، ޒިޔާރަތްކޮށް، އެމީހުންގެ ޙާލުއަޙުވާލު ބަލައި، އެމީހުންނަށް ހެޔޮ ފޯރުކޮށްދިނުން ކަމަށެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށާއި، މާތް ﷲ ގެ ޙަޟްރަތާ ތިމާ ކުއްތަންކޮށްދޭނޭ ހެޔޮ ޢަމަލެއް ކަމަށެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އީމާންކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޢުމުރު ދިގުކޮށްދެއްވައި، ރިޒްޤު ތަނަވަސްކޮށްދެއްވައި، މުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލިކުރައްވާނޭ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"އޭނާގެ ޢުމުރު ދިގުކުރެއްވުމަށާއި، ރިޒްޤު ތަނަވަސް ކޮށްދެއްވުމަށާއި، ނުބައި މަރަކުން މަރުވުމާ ދުރުކޮށްދެއްވުމަށް އެދޭ މީހާ، ފަހެ ﷲ އަށް ތަޤްވާވެރިވެ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ." ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ، ﷲ ގެ ރުހިވޮޑިގަތުން ލިބި، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބޭނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ