ލަންކާގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮށްވާ ފެނުނު އަފްހާމް - ފޮޓޯ: ފޭސްބުކް

އަފްހާމްގެ މަރާއި ގުޅިގެން ދިވެހި ފުލުހުން ލަންކާއަށް

ސްރީލަންކާއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮށްވާ ފެނުނު ދިވެހި ޒުވާނާގެ މަރުގެ މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސްފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 21 އަހަރުގެ އިފްހާމް ނަސީރެވެ. އޭނާ އަކީ ލަންކާގެ ދެހިވަލަގައި ދިރިއުޅެމުން އައި ޒުވާނެކެވެ.

މިކަމާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އަފްހާމްގެ މަރުގެ މައްސަލަ ލަންކާގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ބަލަމުންދާ ކަމަށެވެ. އެގޮތުން ދިވެހި ފުލުހުންގެ ސީނިއާ އޮފިސަރަކާއި އިންވެސްޓިގެޓާއެއް މިހާރު ލަންކާއަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އަފްހާމް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދެހިވެލަ ބީޗް ސަރަހައްދުގައި މަރާލާފައި އޮތް ދެ މީހެއްގެ ހަށިގަނޑު ފެނިގެން ކަމަށް ލަންކާ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ދެމީހުންގެ ހަށިގަނޑު އެ ސަރަހައްދުން ފެނިފައިވަނީ ރޭލު ދަގަނޑެއްގެ ކައިރިންނެވެ.

އެ ދުވަހު މަރުވެފައި އޮއްވައި ފެނިފައިވާ އެކަކަކީ އަފްހާމްކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކަށް ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހަނާ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ