ޖަލު ހަލަބޮލިކޮށްގެން ސިޔާސީމަންފާ ހޯދި ޒަމާން މާޒީވެއްޖެ - ހޯމް މިނިސްޓަރ

ޖަލުތައް ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހާސިލުކުރި ޒަމާން މާޒީވެއްޖެކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ ޚާލަތު އެކަށީގެންވާ ބަދަލެއް އައިސްފައި ނެތް ކަމަށާއި، އެއީ އެއްދުވަހަކުން ދެދުވަހަކުން ބަދަލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

"ޤައިދީންނާމެދު ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ހިންގުން އަޅުގަނޑުމެން ހުއްޓުވާނަން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ފުރިހަމަ ތަޙްޤީޤަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.

"ފުރިހަމަ ތަޙްޤީޤަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުމަކީ ކުރާނެކަމެއް ނޫން. ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ." އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އަނިޔާވެރި ޢަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލި ކުރުމަށް ކުރާ ކަންކަމުން ކަރެކްޝަނަލް އޮފިސަރުން އެއްކިބާވެ ހުރުމަށް ނަސޭހަތްތެރިވެލައްވާ ކަމަށެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވިއިރު، މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި ޚާލަތާ ނުބައްދަލު ބާރު ބޭނުންކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ. އަދި އޭގެ ފަހުން ޖަލުގައު ހަލުތާރު ކުރަމުންދާކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް