ކޮވިޑްގައި 77 އަހަރުގެ މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޮވިޑް-19 ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، 77 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދަމު 03:32 ގައި ކޮވިޑް ބަލީގައި ނިޔާވެފައިވާ ކަމަށެވެ. އެ އަންހެންމީހާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

މި މަރާއެކު، ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް 285 މީހަކު ވަނީ ނިޔާވެފަ އެވެ.

ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އަދި މިހާލަތަށް ލުޔެއް ނުލިބެ، ޕޮޒިޓިވްވާ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 16،775 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 151،913 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 60 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ