މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު ހަވީރު 16:00 އިން 17:00 އަށް ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއަދު ހަވީރު ކަރަންޓު ކަނޑާލަން ހަމަޖެހިފައިވާ ސަރަހައްދަކީ، ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދެވެ.
މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެކަމަށާއި ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.