ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ޅ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ވަޑައިގަންނަވާ ގޮތަށް ނިންމެވީ އަންނަ ހުކުރު ދުވަހު ޅ. މަޑިވަރު އެއާޕޯޓް ހުޅުއްވައިދެއްވުމަށް އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މަޑިވަރުގެ އިތުރުން އެ އަތޮޅުގެ ފަސް ރަށަކަށް ރައީސް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، މި މަހުގެ 18ގައި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ސޯލިހް ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.
އެގޮތުން މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- މަޑިވަރު
- ހިންނަވަރު
- ފެލިވަރު
- ނައިފަރު
- އޮޅުވެލިފުށި
- ކުރެންދޫ އެވެ.
ތިން ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.




