ދަތުރުފަތުރާއި ގުޅިގެން އޮތް ކަރަންޓީނުތައް އުވާލައިފި

ދަތުރުފަތުރާއި ގުޅިގެން އޮތް ކަރަންޓީނު އުވާލައިފިއެވެ.

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި ގުޅިގެން މިއަދުން ފެށިގެން ރާއްޖެއިން ބޭރުން ރާއްޖެއަށް ދަތުރުކުރުމާއި، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމާއި ގުޅިގެން ކުރަމުން އައި އެންމެހާ ކަރަންޓީނުތައް ވަނީ އުވާލާފައެެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ކޮވިޑާއި ގުޅިގެން ބާއްވާ ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދަތުރުފަތުރާއި ގުޅިގެން ކަރަންޓީނު ކުރުން އުވާލި ނަމަވެސް ޕޮޒިޓިވް ވުމާއި، ޑައިރެކްޓް ކޮންޓެކްޓް ވުމާއި ގުޅިގެން ކަރަންޓީނުކުރުން އަދިވެސް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ޢާއްމުކޮށް މާސްކް އެޅުންވެސް ވަނީ އުވާލާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ