މިފަހަރު "ދަ ލެގަސީ" ގައި ތަޤްރީރު ކުރައްވާނީ ޝައިޚް މަކާރިޘީ

ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ "ދަ ލެގަސީ" އިވެންޓްގައި މިފަހަރު ތަޤްރީރުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އައިރިސް ދަރިކޮޅަށް ނިސްބަތްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ "ދަ ލެގަސީ" ގައި ޝައިޚް މަކާރިޘީ ކުރައްވާ ތަޤްރީރު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ.

ޝައިޚް މަކާރިޘީ ތަޤްރީރުކުރައްވާނީ "ދަ ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށް ކަމުގައި ޞަބާހް ފާހަގަކުރެއްވިއެވެ. 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ "ދަ ލެގަސީ" އިވެންޓްގައި މީގެ ކުރިންވަނީ ޑރ ބިލާލް ފިލިޕްސް އަދި ޝައިޚް ހުސައިން ޔީ ފަދަ ބޭފުޅުން ރާއްޖެ ވަޑައިގެން ތަޤްރީރުކުރައްވާފައެވެ.

މިފަހަރުގެ ލެގަސީ އިވެންޓްގައި ތަޤްރީރުކުރައްވާ ޝައިޚް މަކާރިޘީ އިސްލާމްވެ ވަޑައިގަތީ 1994 ވަނަ އަހަރުގައެވެ.

އަދި އިސްލާމްވުމަށްފަހުގައި ސޫދާނަށް ކިޔަވައި ވިދާޅުވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހުގައި ސައުދީ އަރަބިއާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ޝައިޚް މަކާރިޘީ ތައުލީމު ހާސިލްކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ